ފަޔަރ ޓްރަކް، ރަންވޭ މަތީގައި އޮއްވައި އިންޖީނު ހަލާވުމުގެ ސަބަބުން ފުވައްމުލަކު އެއާޕޯޓުގެ ދަތުރުތައް ވަގުތީ ގޮތުން މެދުކެނޑިއްޖެއެވެ.
މޯލްޑިވިއަނުން ބުނީ، ފުވައްމުލަކް އެއާޕޯޓްގެ އޮޕަރޭޝަން ވަގުތީގޮތުން ހުއްޓުމަކަށް ގެންނަން ޖެހުމާއެކު އެ އެއާލައިނުން ފުވައްމުލަކަށް ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން ހުއްޓުމަކަށް އައިސްފައިވާކަމަށެވެ.
ރީޖަނަލް އެއާޕޯޓްސް އުވާލުމުގެ މަސައްކަތް ފެށުމުން މިހާރު އެމްއޭސީއެލް އިން ހިންގަން ފަށާފައިވާ އެ އެއާޕޯޓަށް ދަތުރުކުރަނީ ގައުމީ އެއާލައިން މޯލްޑިވިއަނުން އެކަންޏެވެ.
މޯލްޑިވިއަނުން ވަނީ ދަތުރުވެރިންގެ ކިބައިން މައާފަށްއެ އެހީއެއް ބޭނުންނަމަ، 1671 އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ.

