މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ ހަފްތާގައި ޖުމްލަ 1،359 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފިއެވެ. މީގެ ތެރޭގައި 20 ފޫޓުގެ 553 ކޮންޓެއިނަރާއި 40 ފޫޓުގެ 403 ކޮންޓެއިނަރު ހިމެނެއެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތާގައި ކްލިއާކުރި މުދަލުގެ ތެރޭގައި އެންމެ ގިނައީ ބިހާއި ފިޔާއެވެ. މިގޮތުން 14،540 ޕެކޭޖުގެ ބިސް އަދި 11،617 ޕެކޭޖުގެ ފިޔާ ކްލިއާކޮށްފައިވެއެވެ. އަދި 5،415 ޕެކޭޖުގެ ކަރާ، 5،647 ޕެކޭޖުގެ އަލުވި އަދި 3،672 ޕެކޭޖުގެ ޓޮމާޓޯ ވެސް ވަނީ ކްލިއާކޮށްފައެވެ.
މީގެއިތުރުން ކްލިއާކުރި މުދަލުގެ ތެރޭގައި 1،819 ޕެކޭޖުގެ އަލަނާސި، 2،157 ޕެކޭޖުގެ ކެބެޖް، 2،087 ޕެކޭޖުގެ ދޮންކެޔޮ، 809 ޕެކޭޖުގެ ބަރަބޯ އަދި 539 ޕެކޭޖުގެ ސްވިޓް މެލަން ހިމެނެއެވެ.
މިދިޔަ ހަފްތާގެ ކާގޯ އޮޕަރޭޝަންތަކުގައި ތިން ކޮންޓެއިނާ އުޅަނދާއި ތިން ޖެނެރަލް ކާގޯ އުޅަނދު ބައިވެރިވެފައިވާކަން އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެމްޕީއެލްއިން ކޮންމެ ހަފްތާއަކު ވެސް އެ ކުންފުނިން ކްލިއާކުރާ މުދަލުގެ ތަފާސްހިސާބުތައް އާންމުކުރަމުން ގެންދެއެވެ. މިފަދަ ތަފާސްހިސާބުތައް އާންމުކުރުމަކީ ވިޔަފާރިވެރިންނަށް މުދަލުގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް ލިބޭ މުހިންމު މަޢުލޫމާތެކެވެ.

