ފުވައްމުލައް ސިޓީ އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކް ހަލާކުވުމުން އިއްޔެ ހަލާކުވުމުގެ ސަބަބުން އެއާޕޯޓުގެ ޚިދުމަތް ހުއްޓާލައިފައިވާއިރު، މިއަދު އަލުން ހުޅުވައި ދަތުރުތައް ފަށައިފިއެވެ.
ފުވައްމުލަކު އެއަރޕޯޓުގެ ދަތުރުތައް އިއްޔެ ހުއްޓުމަކަށް އައީ އަލިފާން ނިއްވާ ލޮރީގެ ހޮޅި ފަޅައިގެން ގޮސް ޓްރަކް ބޭނުން ނުކުރެވޭ ހާލަތަށް އައުމުގެ ސަބަބުންނެވެ.
ނަމަވެސް މިހާރު އެއާޕޯޓަށް ފަޔާ ޓްރަކް ލިބި، މިއަދުން ފެށިގެން އެއާޕޯޓު ޚިދުމަތް އާންމު ހާލަތަށް ވަނީ ގެނެސްފައެވެ.
މީގެ އިތުރުން އިއްޔެ ދަތުރުނުކުރެވުނު ފަސިންޖަރުން، އާރްޓީއެލް ފެރީ މެދުވެރިކޮށް އައްޑޫ ސިޓީއަށް ގެންގޮސް، ގަން އެއާޕޯޓު މެދުވެރިކޮށް ފުރުމުގެ އިންތިޒާމު ހަމަޖެއްސައިފައެވެ.
ގިނަ ފަތުރުވެރިންގެ ދަތުރުތަކަށް މިކަމުގެ ސަބަބުން ވަނީ ބުރޫ އަރާފައެވެ.

