ތިނަދޫ ސިޓީގައި އިމާރާތް ކުރަމުންދާ 200 ރޯހައުސް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުސޫލު އާންމުކޮށްފިއެވެ.
މި އުސޫލަކީ ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ތެރެއިން އަމިއްލަ ގެދޮރުނެތް ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުގައި ހިންގާ “ގެދޮރުވެރިކުރުން” މި ޕްރޮގްރާމްގެ ތެރެއިން ތިނަދޫސިޓީގައި އިމާރަތްކުރާ 200 ރޯހައުސް ދޫކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާން ކުރުމުގެ އުސޫލެވެ. gazette.gov.mv/gazette/731
ސަރުކާރުގެ ގެޒެޓުގައި ވަނީ ތިނަދޫ ސިޓީގެ 200 ރޯހައުސް ދޫކުރުމުގައި އަމަލުކުރާނެގޮތް އާންމުކޮށްފައެވެ.
ތިނަދޫސިޓީގައި އިމާރަތްކުރާ 200 ރޯހައުސް އިމާރަތް ކުރަމުން އަންނަނީ ތިނަދޫ އުތުފަރާތުން އަލަަށް ހިއްކި ސަރަހައްދުގައެވެ. އެއީ 51 ހެކްޓަރު ބިމުގެ ސަރަހައްދެކެެވެ.

