ޕާލޭ މޯލްޑިވްސްގެ ޑިރެކްޓަރު ޝާހިނާ އަލީއަށް “އޭޝިއާގެ ނޮބެލް ޕްރައިޒް” ލިބިއްޖެއެވެ.
“އޭޝިއާގެ ނޮބެލް ޕްރައިޒް” ގެ ނަމުން ނަން ދީފައިވާ މި ރެމޮން މެގްސޭސޭ އެވޯޑް ޕާލޭ މޯލްޑިވްސްގެ ޑިރެކްޓަރު ޝާހިނާ އަލީއަށް ލިބިފައިވާއިރު، ޝާހިނާ ވަނީ ޕާލޭ އޭއައިއާރް ސްޓްރެޓެޖީ މުޅި ރާއްޖެއަށް ފުރަތަމަ ފަހަރަށް ތަންފީޒު ކުރުމުގެ މަސައްކަތް ފައްޓަވައިފައެވެ.
ރެމޮން މެގްސޭސޭ އެވޯޑް ފައުންޑޭޝަން އިން ބުނެފައިވަނީ ރާމޮން މެގްސޭސޭ އެވޯޑް ހާސިލްކޮށްފައިވާ ޝާހިނާ އަލީ ދައްކުވައިދެނީ ކަނޑު ހިމާޔަތް ކުރުމަށް ކުރާ މަސައްކަތައް ހުންނަ ޝައުގުވެރިކަން ކަމަށެވެ.
ޕްލާސްޓިކް ކުނި މަދުކުރުމާއި، ރިސައިކަލް ކުރުމުގެ ޕްރޮގްރާމްތައް ތައާރަފްކުރުމާއި، ތިމާވެށީގެ އިނޮވޭޝަން އިތުރުކުރުމާއި، މިހާރު ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކޮށް، ކަނޑުތަކަށް ވަކާލާތުކުރާ އާ ޖީލަކަށް ހިތްވަރު ދިނުމުގެ ގޮތުން ޖަޒީރާ މުޖުތަމައުތަކާއި ސްކޫލްތަކާއި ރިސޯޓްތަކާއި ވިޔަފާރިތަކާއި އެންޖީއޯތަކާއި ސަރުކާރުގެ އިދާރާތަކުގެ ނެޓްވޯކެއް ވަނީ ޝާހިނާ އުފައްދާފައެވެ.

