ފާއިތުވި 10 އަހަރުގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ މެންބަރުކަން އަދާކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން 173 މެންބަރެއްގެ ހެލްތު އިންޝުއަރެންސަށް 18.9 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
“ޖުުބްރާން ޝަރީފް” ނަމަކަށް ކިޔާ “އެކްސް” ހޭންޑަލް އަކުން އާންމުކޮށްފައިވާ ރިޕޯޓުތަކުން ދައްކާގޮތުގައި 34 މެންބަރަކު ވަނީ 2014 އިން ފެށިގެން 2025 ގެ މޭ މަހުގެ ނިޔަލަށް ހެލްތް އިންޝުއަރެންސްގެ ގޮތުގައި ލިބޭ ފައިސާ ބޭނުންކޮށްފައެވެ.
ކުރީގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސްގެ ގޮތުގައި ހަމަޖައްސާފައި ވަނީ 24،000 ރުފިޔާއެވެ. 2014ވަނަ އަހަރުން ފެށިގެން 2016ވަނަ އަހަރާއި ހަމައަށް ކުރީގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް ހަރަދުވެފައި ވަނީ ގާތްގަނޑަކަށް 565،000 [ކޮންމެ އަހަރަކަށް] ރުފިޔާއެވެ.
އެގޮތުން ފާއިތުވި 12 އަހަރުގެ ތެރޭގައި ކުރީގެ މަޖިލިސް މެންބަރުންނަށް ހަރަދުކޮށްފައިވާ ވަރަކީ؛
- 2014- 562،500 ރުފިޔާ
- 2015- 562،500 ރުފިޔާ
- 2016- 550،000 ރުފިޔާ
- 2017- 1،056،000 ރުފިޔާ
- 2018- 1،056،000 ރުފިޔާ
- 2019- 2،328،000 ރުފިޔާ
- 2020- 2،328،000 ރުފިޔާ
- 2021- 2،280،000 ރުފިޔާ
- 2022- 2،280،000 ރުފިޔާ
- 2023- 2024 މެއި- 2،280،000 ރުފިޔާ
- 2024- 2025 މެއި- 3،624،000 ރުފިޔާ އެވެ.
މި މައުލޫމާތުގައިވާ 173 މެންބަރުންގެ ތެރޭގައި 2014 ވަނަ އަހަރާއި 2025 ވަނަ އަހަރާ ދެމެދު ނިޔާވި ބައެއް މެންބަރުން ވެސް ހިމެނެއެވެ.

