ވަރލްޑް ކަޕަށް ތައްޔާރުވަމުން އަންނަ ކެރަމް ގައުމީ ޓީމުގެ ފުރަތަމަ ޖާގަ އިބްރާހީމް ހުޖާން އަލީ ހޯދައިފިއެވެ.
02 ޑިސެމްބަރު 2025 އިން 06 ޑިސެމްބަރު 2025 އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 07 ވަނަ ކެރަމް ވޯލްޑްކަޕްގައި މިއަހަރުގެ ޤައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ޗެންޕިއަން ހުޖާން ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކުރީ ކޮލިފައިންގައި ވާދަވެރި ކުޅުމަކަށްފަހު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އިސްމާއީލް އަޒްމީން ބަލިކުރުމަށްފަހުއެވެ.
ގައުމީ ޓީމުގެ ސެލެކްޝަންސް ހުޅުމާލެ ކެރަމް އެރީނާގައި ފެށިގެން ކުރިއަށްދާއިރު ފިރިހެން އަދި އަންހެން ޓީމަށް 5 ކުޅުންތެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހަށް ކުރިއަށްދާ މި ސެލެކްޝަންސްގައި 31 ފިރިހެން ކުޅުންތެރިން އަދި 18 އަންހެން ކުޅުންތެރިއަކު ވާދަކުރަމުން އަންނައިރު، ގައުމީ ޓީމުގެ ސެލެކްޝަންސް ހުޅުމާލެ ކެރަމް އެރީނާގައި ފެށިގެން ކުރިއަށްދާއިރު ފިރިހެން އަދި އަންހެން ކޮންމެ ޓީމަކަށް 5 ކުޅުންތެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

