ފެޝަންގެ ދުނިޔެއަށް ބޮޑު އިންގިލާބެއް ގެނައި، އިޓަލީގެ ފެޝަން ޑިޒައިނަރު އަދި ބިލިއަނަރު ޖިއޯޖިއޯ އަރްމާނީ މަރުވެއްޖެއެވެ.
އަރްމާނީއަކީ އިޓަލީގެ ސްޓައިލާއި ފެޝަންގެ ރަމްޒެއްގެ ގޮތުގައި ފާހަގަކުރެވޭ ފަރާތެކެވެ.
އޭނާ 91 އަހަރުގައި މަރުވިއިރު، އޭނާގެ ކުންފުންޏަށް އަހަރަކު 2 ބިލިއަން ޕައުންޑަށްވުރެ ގިނަ އާމްދަނީ ލިބެއެވެ.
އޭނާގެ އަރްމާނީ ބްރޭންޑް ވަނީ ފެޝަނުން ފެށިގެން ސެންޓާއި، ލަގްޒަރީ ހޮޓަލާއި، ކުޅިވަރުފަދަ ދާއިރާތަކަށް ފުޅާކޮށް، އަހަރަކު ދެ ބިލިއަން ޕައުންޑަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ބޮޑު އެމްޕަޔަރަކަށް ބަދަލުކޮށްފައެވެ.
ބްރޭންޑްގެ އިންސްޓަގްރާމް ޕޭޖްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަރްމާނީ “އެންމެ ފަހު ދުވަސްތަކާ ހަމައަށް ވެސް ގެންދިޔައީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ކަމަށެވެ.
މެޑިސިންގެ ދާއިރާ އިން ކެރިއަރ ފަށައި، 1960 ގެ އަހަރުތަކުގައި ފެޝަންގެ ދާއިރާ އަށް ބަދަލުވެ، 1975 ގައި މަރުވި އަރްމާނީގެ ވިޔަފާރި ޕާޓްނަރު ސަރޖިއޯ ގަލެއޮޓީ އާއެކު އަމިއްލަ ލަގްޒަރީ ލޭބަލް އުފެއްދިއެވެ.
އަރްމާނީ މަރުވުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.

