އުގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި 8 ދާއިރާއަކުން އޮޕަރޭޝަނަށް ޚާއްސަ ޑޮކްޓަރުން ހިމެނޭހެން “އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް” ފަށަން ތައްޔާރުވެއްޖެއެވެ.
މިހާތަނަށް މިކޭމްޕް ވަނީ ލ.އަތޮޅާއި، ކުޅުދުއްށީ ރީޖަނަލް ހޮސްޕިޓަލްގައި ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
މިކޭމްޕާ ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހު މާހިރު ވިދާޅުވީ، މިކޭމްޕްގައި ބައިވެރިވުމަށް ވަރަށް ގިނަ އަދަދެއްގެ މީހުން ރަޖިސްޓްރީވެފައިވާކަމަށެވެ. އަދި މި ކޭމްޕްގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާއި ރާއްޖޭގެ ވަރަށް ތަޖުރިބާކާރު އޮޕަރޭޝަން ޑޮކްޓަރުންގެ ޓީމެއް ބައިވެރިވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނާ ގާތުން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް، ސަރުކާރުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ގުޅިގެން ފަށާފައިވާ ޕްރޮގްރާމެއްގެ ދަށުން ކުރިއަށްދާ ކޭމްޕެކެވެ.

