ބ. ކެންދޫއިން މިއަދު އިރުއިރުކޮޅުން ކަރަންޓު ކެނޑޭތީ އެ ކަމާ ހިތްހަމަ ނުޖެހިގެން ރައްޔިތުން އިހުތިޖާޖުކުރަން ފަށައިފިއެވެ.
ކެންދޫގެ ކައުންސިލުގެ ރައީސް އިބްރާހިމް އަބްދުއްރަހްމާނު މީސްމީޑިއާއަށް މައުލޫމާތުދެމުން ވިދާޅުވީ، ކަރަންޓުގެ މައްސަލަ އެ ރަށު ރައްޔިތުން ތަހައްމަލުކުރަން ޖެހިފައިވާތާ މިހާރު ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

އަދި ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވި ސަބަބަކީ އެ ރަށުގެ އިންޖީނުގޭގައި ހުރި ޖަނަރޭޓަރެއް މައްސަލަ ޖެހުމުން އެކަން ހައްލުކުރަން ރަށަށް ބާ ޖަނަރޭޓަރެއް ގެނެސް ބޭނުންކުރަން ފެށިފަހުން ކަމަށެވެ.
ކެންދޫ ރައްޔިތުން އިހުތިޖާޖު ކުރާ މަންޒަރު ފޮޓޯތަކެއް ހިއްސާ ކުރައްވައި، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފު އެކްސްގައި ވަނީ ޕޯސްޓެއްވެސް ހިއްސާ ކުރައްވާފައެވެ.

