ސްރީ ލަންކާގައި މިއަދު ހިނގި ބަސް އެކްސިޑެންޓެއްގައި 15 މީހުން މަރުވެ، އިތުރު 18 މީހަކަށް އަނިޔާ ވެއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ލަންކާގެ ފަރުބަދަމަތީގެ ނުރައްކާތެރި މަގެއް ކަމަށްވާ އެލާ-ވެލަވައްޔާ ހައިވޭގައި ހިނގި މި ހާދިސާގައި މަރުވެފައިވަނީ ހަ ފިރިހެނަކާއި ނުވަ އަންހެނެކެވެ.
އަނިޔާވި މީހުންނަށް ވަނީ ވަގުތުން ކައިރީގައިވާ ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.
މި ބަހަކީ ޓަންގަލޭ މުނިސިޕަލް ކައުންސިލްގެ މުވައްޒަފުން ގޮވައިގެން ދަތުރުކުރި ބަހެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ޓެންގަލް މުނިސިޕަލް ކައުންސިލްގެ މުވައްޒަފުންތަކެއް ގޮވައިގެން ދަތުރެއްގައި ދިޔަ ބަހެއް، މަގުގެ މެދަކާ ހިސާބުން ކޮންޓްރޯލުން ނެއްޓިގެން 200 ފޫޓު ހުންނަވަރުގެ ފުން ވަޅުގަނޑަކަށް ވެއްޓިގެން ކަަމަށެވެ.
ބަސް ކޮންޓްރޯލުން ނެއްޓެން މެދުވެރިވި ސީދާ ސަބަބު ހޯދުމަށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

