ތައިލެންޑުގެ ބޮޑުވަޒީރުގެ މަޤާމަށް އަނުތިން ޗާންވިރަކުލް ހޮވިވަޑައިގެންފިއެވެ.
ޗާންވިރަކުލް ބޮޑުވަޒީރުގެ މަޤާމަށް ހޮވިވަޑައިގެންފައި ވަނީ ޤާނޫނުހަދާ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.
ޤައުމުގެ ސިޔާސޯ މަސްރަހު ހަލަބޮލިވެފައި ވަނިކޮށް އައު ބޮޑުވަޒީރެއް ޢައްޔަނު ކުުރުމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގައި މި މަހުގެ 5ވަނަ ދުވަހު ވަނީ ވޯޓު ލައިފައެވެ.
އެ މަޤާމު ކަށަވަރު ކުރުމަށް 492 މެންބަރުންގެ މައްޗަށް އެކުލެވިފައިވާ ޤާނޫނުހަދާ މަޖިލީހުގެ އަޣުަލަބިއްޔަތު ހޯދުމަށް ބޭނުން ވަނީ 247 ވޯޓެވެ.

