މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ހަލިމަގު (ހައިވޭ) އިން ދަތުރުުކުރި ޕިކަޕެއް ފުރޮޅާލައި އެކްސިޑެންޓެއް ހިންގައިފިއެވެ.
ދިވެހި ފުލުހުން ޚިދުމަތުން ބުނީ ހައިވޭގައި ދަތުރުކުރި ޕިކަޕެެއްގެ ފޮރުޅުފަޅައިގެން ގޮސް ޑިވައިޑާގައި ޖެހި ޕިކަޕް ފުރާޅާލާފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ކޮންޓްރޯލުން ނެއްޓި ޕިކަޕު ވަނީ ކާރެއްގައި ވެސް ޖެހިފައި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ކާރަށް މާބޮޑު ގެއްލުމެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގެ މައްސަލަ މިއަދު މެންދުރު 12:40 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަަށާ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ ޕިިކަޕް ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވާފައިވާތީ ފިޔަވަޅު އަޅާފައިވާ ކަމަށާ އެކްސިޑެންޓްގެ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

