ގެއްލިގެން ހޯދަމުންދިޔަ ޒުވާނާގެ ޚަބަރެއް ވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ބ. ކެންދޫ، އުމުރުން 33 އަހަރުގެ ޝަހުމުﷲ ސާޖިދު ރަށެއްގައި ހުރިކަމަށް ފުލުހުންނަށް އަންގާފައިވާކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުން ވަނީ ބުނެފައެެވެ.
ޝަހުމުﷲ ސާޖިދު ހޯދަން ފުލުހުން ފެށީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވުމުންނެވެ.

