ެފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ހަތް އަތޮޅަކަށް ހައިވަކަރު ގަސް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ހަވާލުކޮށްގެން ފަތުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިންނެވެ.
ގަސް ބަހަމުންދަނީ ވ، ފ، ނ، ލ، ތ، ގއ އަދި ގދ އަތޮޅުގެ ރަށްތަކަށެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ މަޝްރޫޢު ފަށާފައިވަނީ ރާއްޖޭގެ ފެހިކަން އިތުރުކޮށް ތިމާވެށި އިއާދަކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް މިދިޔަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ.
ގަސް އިންދުމުގެ މި މަޝްރޫޢުއަކީ ރާއްޖޭގެ ރަށްތަކަށް ފެހިކަން ގެނެސްދީ، ޖައްވަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް އަމާޒުކޮށްފައިވާ މަސައްކަތެކެވެ.

