އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދަނިކޮށް ކުއްލި ގޮތަކަށް މަރުވި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުވެފައިވަނީ ނޭވާ ހާސްކޮށްލުމުން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކައިފިއެވެ.
މޭރީގެ މަރާލިކަމުގެ ތުހުމަތުގައި އޭނަގެ ފިރިމީހާ ވަނީ ހައްޔަރުކޮށްފައެވެ. މޭރީގެ ފިރިމީހާއަކީވެސް އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ނަރުހެކެވެ.
ފުލުހުން ވިދާޅުވީ މޭރީގެ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓް މިހާރު ލިބިފައިވާ ކަމަށާއި އެރިޕޯޓްގައި ބުނާގޮތުން މޭރީ މަރުވީ “ބްލަންޓް އިންޖަރީ” ނުވަތަ އެއްޗެއް ބޭނުން ކޮށްގެން މީހަކު ދިން އަނިޔާއެއްގެ ސަބަބުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އޮކްޓޯބަރ 19 ވަނަ ދުވަހު އަމިއްލައަށް ދަންޖެހި މަރުވި ކަމަށް ބުނި އައިޖީއެމްއެޗްގެ ނަރުސް މޭރީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެވުނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ.
މޭރީގެ ފިރިމީހާ ބުނި ގޮތުގައި އޭނާ މަރުވީ އަމިއްލައަށް ދަންޖެހިގެންނެވެ. އަދި ފުލުހުން އެތަނަށް ދިޔުމުގެ ކުރިން އޭނާވަނީ އެސީން ރޫޅާލާފައެވެ. ފަހުން އޭނާ ބުނެފައިވަނީ ކުއްލިޔަކަށް ހުރެފައި މޭރީ ހޭނެތިގެން ވެއްޓުނީ ކަމަށެވެ.

