ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިޙްސާސް ކުރެވޭ ހޫނުމިން 38 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް އަރައިފިއެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން މިކަން ހާމަކުރެއްވިއިރު، އެންމެ މަތީ އިހުސާސް ކުރެވޭ ހޫނުމިން ރެކޯޑު ކުރެވިފައި ވަނީ ލ. ކައްދޫގައި ކަމަށް ވިދާޅުވެފައިވެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ދެއްވި މައުލޫމާތުގައިވާ ގޮތުން، ލ. ކައްދޫގެ ހޫނުމިން 32.2 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ވަނީ 38.7 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ. ހުޅުލޭގައި އިހުސާސްކުރެވޭ ހޫނުމިން 35.7 ޑިގްރީގައި ހުރިއިރު، ގދ. ކާޑެއްދޫގައި 35.1 ޑިގްރީ ސެލްސިއަސް ރެކޯޑުކުރެވިފައިވެއެވެ.
މި މަހު ރާއްޖެއަށް ވާރޭވެހޭ މިންވަރު މަދުވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރައްވާފައިވެއެވެ. އަދި ދެކުނު ސަރަހައްދުތަކުގެ ހޫނުމިން އާދަޔާ ޚިލާފަށް މަތިވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ އަންދާޒާކުރައްވާފައެވެ.
ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެފައިވެއެވެ. މިފަދަ ހޫނު މޫސުމުގައި ވަރުދެރަވުމާއި، އަކުނިވަޔަށްދެމުން، ބޮލުގައި ރިއްސުން އަދި ހަށިގަނޑުގައި ފެންމަދުވުން ފަދަ ޞިއްޙީ މައްސަލަތައް ކުރިމަތިވެދާނެއެވެ.
ހޫނުން ރައްކާތެރިވުމަށް ބޭރަށްދާއިރު ކުޑަ ބޭނުންކުރުމާއި، ކުލަމަޑު އަދި ހަށިގަނޑު ނިވާވާފަދަ ދޫހެދުން ލުމަށް އިރުޝާދު ދެވިފައިވެއެވެ. ޚާއްޞަކޮށް ކުޑަކުދިން ހޫނުގަދަ ވަގުތުތަކުގައި ބޭރަށް ނުގެންދިއުމަށާއި، ގިނައިން ފެން ބުއިމަށް ސަމާލުކަން ދިނުމަށް އިރުޝާދު ދެވިފައިވެއެވެ.

