އައިޖީއެމްއެޗް، އެޗްއެމްއެޗް، އޭޑީކޭ އަދި އޭއީއެޗް ތަމްސީލުކުރާ ރާއްޖޭ މެޑިކަލް ޓީމެއް ޗެންގްޑޫގެ ވެސްޓް ޗައިނާ ސެކަންޑް ޔުނިވާސިޓީ ހޮސްޕިޓަލް ސީއެން އަށް ޒިޔާރަތްކޮށްފިއެވެ.
މިޒިޔާރަތުގައި އެ ޓީމުން ވަނީ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ޕީޑިއަޓްރިކްސް އެންޑް މެޑިކަލް ސިމިއުލޭޝަން ލެބްސް ތަހުގީގުކޮށް، ކްލިނިކަލް އެންޑް އެކަޑަމިކް ތަމްރީންތައް ފުރިހަމަކޮށްފައެވެ.
އަދި ޞިއްޙީ ދާއިރާގެ ޕްރޮފެސަރުންނާއި ސީނިއަރ ކްލިނިޝަނުންނާ ބައްދަލުކޮށް، ކްލިނިކަލް ވޯކްފްލޯސް، އެކަޑަމިކް ޕްރެކްޓިސްސް އަދި ޑިޕާޓްމަންޓް ސްޓްރަކްޗަރ އާއި އެންމެ ޒަމާނީ ރޮބޮޓިކް ގައިނެކޮލޮޖިކަލް ސާޖަރީ އޮބްޒާވްކޮށްފައެވެ.
ޕީޑިއަޓްރިކްސް ޓީމުން ވެސް ވަނީ ސައުތުވެސްޓަރން ޗައިނާގެ ނޭޝަނަލް މެޑިކަލް ރީޖަނަލް ސެންޓަރ ފޯ ޗިލްޑްރަންސް އަށް ޒިޔާރަތްކޮށް، ނިއުރޯޑިވެލޮޕްމަންޓް، ހެމަޓޮލޮޖީ، އޮންކޮލޮޖީ، ޕަލްމޮނޮލޮޖީ، އެންޑޮކްރިނޮލޮޖީ، ނިއޯނެޓޮލޮޖީ އެންޑް ޕީޑިއަޓްރިކް ކާޑިއޮލޮޖީގެ ޚިދުމަތްތަކުން ތަމްރީން ހޯދާފައެވެ.
މީގެ އިތުރުން މެޑިކަލް ސިމިއުލޭޝަން ލެބޯޓްރީސް އަށް ޒިޔާރަތްކޮށް އެޑްވާންސް ހައި-ފިޑެލިޓީ ސިމިއުލޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަމްރީނުތަކުގައި ބައިވެރިވެ، ނޮލެޖް އެކްސްޗޭންޖްކޮށްފައެވެ.

