ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ލުއިސް ލުލާ ޑެ ސިލްވާއަށާއި އެޤައުމުގެ ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
ރައީސް، އެކްސްގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައީސް ލުއިސް ލުލާ ޑެ ސިލްވާއަށާއި ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވާފައެވެ.
ރައީސް ވިދާޅުވީ ބްރެޒިލްއާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 40 އަހަރުވާން ގާތްވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ދެ ޤައުމަށްވެސް ފައިދާ ހުރިކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖެއާއި ބްރެޒިލްއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކުރީ 1988 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

