ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ކުރިއަށް ގެންދަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އިމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖުގެ ބައެއް މިއަދު ބަންދު ކުރަން ނިންމައިފިއެވެ.
އެކްސަސައިޒް ކުރިއަށް ދިޔަ ނަމަވެސް އެއާޕޯޓުގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.
ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން މިއަދު ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ބަންދުކުރަން ނިންމާފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް)ގެ ބޭނުމަކީ ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންތަކުގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓް ކުރުމެވެ.

