އޮގަސްޓް މަހު ސީ-ޓު-އެއަރ މެދުވެރިކޮށް 18 ގައުމަކަށް މުދާ ފޮނުވާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތް އެމްއޭސީއެލްއާއި، އެމްޕީއެލް ގުޅިގެން ތަޢާރަފްކުރީ 15 މެއި 2024 ގައެވެ. ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތުން ރާއްޖެއަށް ބޮޑު އާމްދަނީއެއް ދަނީ ލިބެމުންނެވެ.
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމެވެ.
އޮގަސްޓް މަހު ސީ-ޓު-އެއަރ މެދުވެރިކޮށް ރާއްޖެއިން މުދާ ފޮނުވި އެއަރލައިންތައް:
• ވަރޖިން އެޓްލާންޓިކް
• އިއްތިހާދު އެއަރވޭސް
• ލުފްތަންސާ
• ގަތަރު އެއަރވޭސް
• ޓާކިޝް އެއަރލައިން
• އަޒަރުބައިޖާން އެއަރލައިން
• ސައުދީ އެއަރލައިން
• ސްވިސް އެއަރލައިން
• އައިޓީއޭ އެއަރވޭސް
އޮގަސްޓް މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން 291 ޓަނުގެ ކާގޯ ވަނީ ބޭރުކޮށްފައެވެ.

