އައްޑޫ ސިޓީގެ މަރަދޫފޭދޫއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މިއަދު ހެނދުނު އެރި އެ ނަގޫރޯޅީގައި ހަތް ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ފުރާޅު އެއްލާލި ތަންތަނުގެ ތެރޭގައި އެ އަވަށުގެ ހިނަވާގެއާއި ނޫރު މިސްކިތްވެސް ހިމެނެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ގެތަކުން އެއްލާލި ފުރާޅުތައް ވެއްޓިފައި އޮތީ މަގުތަކަށްވާއިރު، ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް އެހީތެރިވުމަށް ކަމާ ގުޅޭ ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެއިތުރުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޓީމެއްވެސް މިހާރު ވަނީ އައްޑޫ ސިޓީއަށް ފުރާފައިއެވެ.

