ގެދޮރުވެރިޔާ ސްކީމްގައި ހިމެނޭ 4000 ހައުސިން ޔުނިޓްގެތެރެއިން މިހާތަނަށް ނިމިފައިވާ ޔުނިޓްތައް މިހަފްތާގެ ތެރޭގައި ހަވާލުކުރާން ނިންމައިފައިވާ ކަމަށް “ފަހި ދިރިއުޅުން ކޯޕަރޭޝަން” އެފްޑީސީން ބުނެފިއެވެ.
އެފްޑީސީން ބުނީ 4000 ހައުސިން ޔުނިޓްގެތެރެއިން މިހާތަނަށް ނިމިފައިވާ ޔުނިޓްތައް މިހަފްތާގެ ތެރޭގައި ހަވާލުކުރާން ފަށާނެ ކަމަށާއި، މިހާތަނަށް 3000އަށްވުރެ ގިނަ ފަރާތާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ.
އެފްޑީސީން ތަރައްޤީކުރާ 4000 ހައުސިންގ ޔުނިޓުގެތެރެއިން، ނިމިފައިވާ ޓަވަރުތަކަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.
އެފްޑީސީން ވިދާޅުވީ އެކޯޕަރޭޝަންގެ އަމާޒަކީ ނިމިފައިވާ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މިހަފްތާގެ ނިޔަލަށް ފެށުމެެވެ.
ގެދޮރުވެރިޔާ ސްކީމްގައި އެންމެ ފުރަތަމަ ކުލީގެ ގޮތުގައި ކަނޑައެޅީ 3 ކޮޓަރިއަށް 13000 ރުފިޔާ، 2 ކޮޓަރިއަށް 9000 ރުފިޔާއެވެ. ނަމަވެސް ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ސަބްސިޑީއެއް ދޭން ނިންމައި، އެ ފަރާތްތަކުގެ ކުލިން، 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި 7000 ރުފިޔާއަށް ކުޑަކޮށްދެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
އެފްޑީސީން ބުނީ ތަޅުދަނޑި ހަވާލުކުރާނީ، ސޮއިކުރުމަށްފަހު އެޕާޓްމަންޓްތައް ޔުޓިލިޓީ ޚިދުމަތްތަކަށް ރަޖިސްޓްރީވެ ޑިޕޮސިޓް ފައިސާ ދެއްކުމުންކަމަށެވެ.

