ގދ. ތިނަދޫ ކައިރިން އޮޔާދަނިކޮށް ފެނުނު ބަންޑުން ޖަހާލާފައި އޮތް ބޯޓެއް އެރަށު ކައުންްސިލްގެ ބެލުމުގެ ދަށަށް ވަގުތީކޮށް ގެނެސްފި އެވެ.
ތިނަދޫގެ އުތުރު ފަރާތު ކަނޑުގެ ސަރަހައްދުން އޮޔާ ދިޔަ ބޯޓުގެ ދިގުމިނުގައި 90 ވަރަކަށް ފޫޓު ހުންނާނެއެވެ އަދި މިއީ ފައިބަރުން ހަދާފައިވާ ދަގަނޑު ބޯޓެއް ކަމަށް ތިނަދޫ ކައުންސިލުން މައުލޫމާތު ދެއްވައެވެ.
އެ ބޯޓު މިހާރު ވަނީ ވަގުތީ ގޮތުން ތިނަދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ތިނަދޫއާއި ކައިރިއަށް ގެނެސްފަ އެވެ. އެ ބޯޓާއި ގުޅިގެން ތިނަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން އެ ބޯޓު ވަނީ ތިނަދޫ ކައުންސިލްގެ ބެލުމުގެ ދަށުގައެވެ.
[visual-link-preview encoded=”eyJ0eXBlIjoiZXh0ZXJuYWwiLCJwb3N0IjowLCJwb3N0X2xhYmVsIjoiIiwidXJsIjoiaHR0cHM6Ly93d3cuZmFjZWJvb2suY29tL3Bob3RvP2ZiaWQ9MTkwMjQ0NzQzMjc5ODE3JnNldD1hLjE4NzI0ODM3NjkxMjc4NyIsImltYWdlX2lkIjotMSwiaW1hZ2VfdXJsIjoiaHR0cHM6Ly9zY29udGVudC54eC5mYmNkbi5uZXQvdi90MS42NDM1LTkvMjU0MTE5OTMxXzE5MDI0NDk0NjYxMzEzMF81NTY2MTExODYzNjY2ODYyNzEzX24uanBnP19uY19jYXQ9MTAyJmNjYj0xLTUmX25jX3NpZD04YmZlYjkmX25jX29oYz1BaEtSOTJfQVFzb0FYX2dkakxVJl9uY19odD1zY29udGVudC54eCZvaD1hMGNlMjhmODk4YzQ0YzZmMTdlYjIxYmY0ZWYyYTA3MCZvZT02MUIxNDRGMCIsInRpdGxlIjoiRmFjZWJvb2siLCJzdW1tYXJ5IjoiIiwidGVtcGxhdGUiOiJ1c2VfZGVmYXVsdF9mcm9tX3NldHRpbmdzIn0=”]
އަދި މި ބޯޓާއި މެދު ކަމާއިބެހޭ މިނިސްޓްރީން ވަކިގޮތެއް މި ކައުންސިލަށް އަންގަންދެން މި ބޯޓަށް އެއްވެސް ގެއްލުމެއް ނުދިނުމަށާއި، މި ބޯޓާއި ބޯޓުގައިވާ ތަކެއްޗަށް ގެއްލުމެއް ނުދިނުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށް ތިނަދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ކައުންސިލުން ބުނި ގޮތުގައި އެ ކައުންސިލްގެ ބެލުމުގެ ދަށަށް ބޯޓު ގެނައީ އޮކްޓޯބަރު 31 ގައެވެ. އަދި ބަންޑުން ޖަހާލާފައި ވަނިކޮށް ފެނުނު މި ބޯޓުގެ ވެރިއަކު މިހާތަނަށް އައިއިރު އެނގިފައި ނުވެއެވެ.

