ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޗަނަވާތު ޖަލަށް ލުމަށް އެ ޤައުމުގެ ކޯޓަކުން ނިންމައި އޭނާ އަލުން ޖަލަށް ލައިފިއެވެ.
މީގެ ކުރިން ކޮށްފައިވާ ހުކުމެއް ހަސްފަތާލުގައި އޮންނަވައި ފުރިހަމަ ކުރެއްވި ކުރެއްވުން ބަލައިނުގަނެވޭނެ ކަމަށް އެ ޤައުމުގެ ކޯޓުން ވަނީ ނިންމާފައެވެ.
ތައިލުންޑުގެ ސުޕްރީމް ކޯޓުން ބެލި މައްސަލައިގައި ބަލާފައި ވަނީ ޖަލު ހުކުމުގެ ތަންފީޒީ މުއްދަތުގެ ގޮތުގައި ހަސްފަތާލުގައި އޮންނެވި މުއްދަތު ބެލިދާނެތޯއެވެ. ކޯޓުން ނިންމީ ހަސްފަތާލުގައި އޮންނެވި މުއްދަތު ތަންފީޒީ މުއްދަތުގެ ގޮތުގައި ނުގުނޭނެ ކަމަށާއި އޭނާގެ ހުކުމް ފުރިހަމަ ކުރުމަށް ޖަލަށް އެނބުރި ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.
ބޮޑުވަޒީރުގެ މަޤާމު ތަކްސިން ފުރުއްވާފައި ވަނީ 2001 ވަނަ އަަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށެވެ. އަދި 2005 ވަނަ އަހަރު ވެރިކަމުގެ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމުގެ އެއް އަހަރު ފަހުން އޭނާ ޤައުމުން ބޭރުގައި ހުންނަވަނިކޮށް އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ އޭނާ މަޤާމުން ދުރުކޮށްފައެވެ.
2008 ވަނަ އަހަރުގެ ތެރޭގައި ތައިލެންޑުގެ ކޯޓަކުން ވަނީ އޭނާ މަޤާމުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރެއްވި ކަމަށް އޭނާގެ ޣައިރު ހާޒިރުގައި ކަނޑައަޅައި އޭނާ އަށް އަހަރު ދުަވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

