ދުނިޔޭގެ އެންމެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ އެޕަލްއިން އައު އުފެއްދުންތަކެއް ތަޢާރަފުކޮށްފިއެވެ.
މީގެ ތެރޭގައި ހިމެނެނީ ”އައިފޯން 17 ސީރީސް“، ”އެޕަލް ވޮޗް ސީރީސް 11“ އަދި ”އެއާޕޮޑްސް ޕްރޯ 3“ ވެސް ވަނީ ރޭ ބޭއްވި ޚާއްސަ އިވެންޓެއްގައި ވަނީ ދައްކާލާފައެވެ.
އެގޮތުން އައިފޯން 17 ގެ ފަރުމާއަކީ ވަރަށް ރީތި އަދި މާ ބޮޑަށް ދެމިހުންނާނެ ފަރުމާއެކެވެ. މި ފޯނު ނެރެފައިވަނީ ފަސް ކުލައިންނެވެ. އެއީ ލެވެންޑާ، މިސްޓް ބްލޫ، ބްލެކް، ވައިޓް، އަދި ސޭޖް ކުލައިގައެވެ.
އައިފޯން 17 ސީރީސްގެ އަގުތައް ފެށިގެންދަނީ 799 ޑޮލަރުގައެވެ. އައިފޯން އެއާގެ އަގު ފެށިގެންދަނީ 999 ޑޮލަރުގައެވެ. އައިފޯން 17 ޕްރޯގެ އަގު ފެށިގެންދަނީ 1099 ޑޮލަރުގައި ކަމަށްވާއިރު، 17 ޕްރޯ މެކްސްގެ އަގު ފެށިގެންދަނީ 1199 ޑޮލަރުގައެވެ. އައިފޯން 17 ޕްރޯ މެކްސް ގައި 2ޓީބީގެ ކޮންފިގަރޭޝަން ވެސް ލިބެން ހުރެއެވެ.
އައިފޯން 17 އާއެކު، އެޕަލް އިން އެ ކުންފުނީގެ އެންމެ ފަހުގެ ސްމާޓް ވޮޗް ކަމަށްވާ ”އެޕަލް ވޮޗް ސީރީސް 11“ ވެސް ރޭ ދައްކާލާފައިވާއިރު، މި އައު ވޮޗަކީ ފަރުމާއާއި ފީޗާސްގެ ގޮތުން ބޮޑެތި ބަދަލުތަކަކާއެކު ނެރެފައިވާ އުފެއްދުމެއް ކަމަށް އެޕަލް އިން ހާމަކުރެއެވެ.
މިފަހަރުގެ ވޮޗްގައި ސިއްހަތާ ގުޅޭ މުޅިން އާ ފީޗާސްތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން، ”ސްލީޕް ސްކޯ“ ފީޗާގެ އެހީގައި ނިދީގެ ފުންމިނާއި، ނިދީގައި ހޭލެވޭ އަދަދު އަދި ނިދީގެ އެކި މަރުހަލާތައް ދެނެގަނެ، ނިދީގެ ފެންވަރު ވަޒަންކޮށްދޭނެއެވެ.
އަދި އެޕަލް ވޮޗް އެސްއީ 3 249 ޑޮލަރަށް އަދި ސީރީޒް 11 399 ޑޮލަރަށް އަދި އަލްޓްރާ 3، އެވެ. އެއާޕޮޑްސް ޕްރޯ 3 ގައި ނޮއިސް ކެންސަލޭޝަން އެންމެ ފަހުގެ އެއާޕޮޑަށްވުރެ ދެ ގުނަ އިތުރެވެ. މީގެ އެންމެ ހާއްސަކަމަކީ އެއާޕޮޑުން ވަގުތުން ތަރުޖަމާކޮށްދިނުމެވެ. ލައިވް ޓްރާންސްލޭޝަންގައި އެހެން މީހަކު އެހެން ބަހަކުން ވާހަކަދައްކާއިރު އެއާޕޮޑުން އަންނާނީ ތަރުޖަމާއެވެ.
އެޕަލްއިން ހާމަކުރާ ގޮތުގައި، އެއާޕޮޑްސް ޕްރޯ 3 ގެ އެކްޓިވް ނޮއިސް ކެންސަލޭޝަން ސިސްޓަމަކީ އެއާޕޮޑްސް ޕްރޯ 1 އަށްވުރެ ހަތަރު ގުނަ ރަނގަޅު އަދި އެއާޕޮޑްސް ޕްރޯ 2 އަށްވުރެ ދެގުނަ ރަނގަޅު ސިސްޓަމެކެވެ.
ދުނިޔޭގެ އެންމެ މޮޅު ހެޑްފޯނުތަކުގެ ތެރޭގައި ހިމެނޭ މި އެއާޕޮޑްސް ޕްރޯއަކީ، އާންމުކޮށް އަޑުއިވުމުގެ ގޮތުން ދަތިކަން ހުންނަ ފަރާތްތަކަށްވެސް ވަރަށް ބޮޑު އެހީއެއް ލިބޭނެ އީޖާދެއް ކަމަށް އެޕަލްއިން ބުނެއެވެ.

