މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިއަދަށް ތާވަލު ކުރި ކޮމިޓީ ބައްދަލުވުން ވެސް ސިއްރުކޮށްފިއެވެ.
މަޖިލީހުގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާކުރާ އެ ބިލުގެ މަސައްކަތްތައް އިއްޔެ ވެސް ކުރިޔަށް ގެންދިޔައީ ކޮމެޓީ ސިއްރުކޮށްގެންނެވެ.
ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފައި ވަނީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީ ބައްދަލުވުން ސިއްރުކޮށް، އެ ބައްދަލުވުން ކަވަރުކުރަން ގޮސް ތިބި ނޫސްވެރިން ވަނީ ނެރެފައެވެ.
އަދި އެ ކޮމިޓީ ސިއްރުކުރަން ނިންމީ މަޖިލީހުގެ ގަވާއިދުގެ ކޮން މާއްދާއަކާ ހަވާލާދީތޯ ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލުތަކަށް ކޮމެޓީގެ އެއްވެސް މެންބަރަކު ޖަވާބު ދެއްވާފައެއް ނުވެއެވެ.

