ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތުގައި އެމްޑީޕީގެ އެކްޓިވިސްޓް ހުސައިން ހަސަން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހުސައިން ހަސަން ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ މަަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ސީނެއްގެ ތެރެއަށް ވަދެ ފޮޓޯ/ވީޑިއޯ ނަގަން ފެށުމުން ފުލުހުންގެ މަސައްކަތަށް ދަތިނުވާ ގޮތަށް އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެެރިވުމުން އެކަމަށް ޖަދަލުކޮށް ފުލުހުންގެ އެންގުމާއި ހިލާފަަށް ސީންގެ ތެރެއަށް ވަދެ އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތްކޮށްފައިވާތީ ކަމަށެވެ.
ފުލުހުން އޭނާއަށް ނަސޭހަތްތެރިވެ، އޮޕަރޭޝަންގެ މަސައްކަތަށް ދަތިނުވާނެ ގޮތަކަށް ޢަމަލުކުރުމަށް އެންގި ނަމަވެސް، އޭނާ އެކަމާ ޖަދަލުކޮށް، ފުލުހުންގެ އިރުޝާދުތަކާ ޚިލާފަށް ޢަމަލުކުރަމުން ގެންދިޔަ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ހުސައިން ހައްޔަރުކުރީ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތުގައި ކަމަށްވެސް ފުލުހުން ބުނެއެވެ.

