ޗާންދަނީ މަގުގައި ހުންނަ އަރަބިއްޔާ ސްކޫލް ހިންގި އިމާރާތް ތަޅާލުމަށް އެތާނގަ ހުރި މުދާތައް ހުސްކުރަން ފަށައިފިއެވެ.
އަރަބިއްޔާ ސުކޫލަކީ މީގެ 10 އަހަރު ކުރިން 2013 ގައި ބޭނުންކުރަން ފެށި އިމާރާތެކެވެ.
އެ އިމާރާތުގައި ދަރިވަރުން ކިޔެވުން ރައްކާތެރި ނޫން ކަމަށް ކަނޑައަޅައި އެހެން ތަނަކަށް ބަދަލުކުރީ، ޖެނުއަރީ، 2023ގައެވެ.
ދަރިވަރުން ބަދަލުކުރުމަށް ފަހު، އެ އިމާރާތުގެ އެއްބައި ބޭނުން ކުރަމުން އައީ އިލެކްޝަން ކޮމިޝަނާއި އެޑިޔުކޭޝަން މިނިސްޓްރީގެ މުދާ ބަހައްޓާ ގުދަނެއްގެ ގޮތުގަ އެވެ. އަނެއް ބައި ބޭނުން ކުރީ ސްކައުޓް އެސޯސިއޭޝަނާއި ކެޑޭޓް އޮފީސް ހިންގުމަށެވެ.
އޮކްޓޫބަރ 10ގެ ނިޔަލަށް އެ އިމާރާތުގައި ހުރި ހުރިހާ މުދަލެއް ހުސްކުރަން ނިންމާފައިވާއިރު، މުދާތައް ހުސްކޮށް ނިމުނުހާ އަވަހަކަށް އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށަން ވަނީ ނިންމައިފައެވެ.
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައި ވަނީ އަމިން ކޮންސްޓްރަކްޝަނާ އެވެ.
އަރަބިއްޔާގެ ދަރިވަރުން ބަދަލުކުރީ ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށެވެ.

