ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ މައްސަލައަކާ ގުޅިގެން މާލޭގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.
ފުލުހުން ވަނީ މިކަން މީޑިއާތަކަށް ޔަގީންކޮސްދީފައެވެ.
ފުލުހުން ބުނީ ހިނގަމުންދާ ޝަރީއަތުގެ ހެކިތަކަށް ނުފޫޒު ފޯރާކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގުގައި ފުލުހުން މާލެތެރޭގައި އޮޕަރޭޝަނެއް ހިންގަމުންދާކަމަށާއި، އޮޕަރޭޝަން ކުރިއަށްދާވަރަކުން ހާމަކުރެވެން ހުރި މައުލޫމާތުތައް މީޑިއާތަކާ ހިއްސާ ކުރަމުންދާނޭ ކަމަށެވެ.
ފުލުހުން އެ އޮޕަރޭޝަން ހިންގަމުން ދަނީ ސްވޮޓް ޓީމުގެ ވެސް އެހީއާ އެކުގައެވެ.

