ގއ. ފިޔޯރީގައި “ބޭންކް އޮފް މޯލްޑިވްސް” ބީއެމްއެލްގެ ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
ފިޔޯރީގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު، ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ އޭޓީއެމުން ފައިސާ ނަންގަވައިފައެވެ. އަދި އޭޓީއެމްގެ ޚިދުމަތް ފެށްޓެވުމަށްފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ވަނީ ހަވާލުކުރައްވައިފައެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި، ފިޔޯރީ ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

