ކ. ތިލަފުށީގައި އެކްސްކަވޭޓަރެއް ކައިރީގައި މަސައްކަތްކުރަން ހުރި ސްރީލަންކާ ރައްޔިތެއްގެ ގައިގައި ލޮރީއަކުން ޖެހި ވެއްޓި، އޭނާގެ ގައިމަތިން ލޮރީ ގޮސް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 2:15 ހާއިރުއެވެ.
މި ހާދިސާގައި އަނިޔާވި ސްރީލަންކާ ރައްޔިތާއަށް މިވަގުތު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލަތު ވަރަށް ސީރިއަސް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި، މި ހާދިސާއާ ގުޅިގެން ލޮރީ ދުއްވި އިންޑިއާގެ ރައްޔިތެއް ކަމަށްވާ 28 އަހަރުގެ ވިގްނެޝް އަނަޑުރައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި އެ ލޮރީ ވަނީ ޓޯވކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރަމުންނެވެ.

