ދިވެހީންނަކީ ދިރިއުޅުމުގެ ރީތި ހަމަތަކަކާއި އާދަތަކެއް ހިފަހައްޓަމުން އައި ޚުލްޤު ހެޔޮ ބައެއް ކަމަށް ރައިސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް މިހެން ވިދާޅުވީ ޤައުމީ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ދިވެހީންނަކީ ދިރިއުޅުމުގައި ރީތި ހަމަތަކަކާއި އާދަތަކެއް ހިފަހައްޓަމުން އައި ޚުލްޤު ހެޔޮ ބައެއް ކަމަށާއި އަދި ދިވެހިންނަކީ މަސައްކަތްތެރި، ހީވާގި، މުރާލި، ރަޙުމަތްތެރި ބައެއްކަމަށާއި ދިވެހިވަންތަކަމުގެ މިފަދަ ރީތި ސިފަތައް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭކަމަށް މެޑަމް ވިދާޅުވިއެވެ.
ކާބަފައިން ވާރުތަކޮށްދިން ޤައުމީ އާސާރުތަކާއި ދިވެހިބަހާއި ދިވެހި ސަގާފަތަކީ ދަރީންނަށް ހެޔޮ ގޮތުގައި ފޯރުކޮށްދޭން ޖެހޭ ޤައުމީ އަމާނާތެއްކަމަށް ވެސް މެޑަމް ވިދާޅުވިއެވެ.
މިއީ ފުރަތަމަ ފަހަރަށް ތަރިކައާ ބެހޭ ޤާނޫނެއް ވުޖޫދުވި ދުވަހެވެ.

