ދާދިފަހުން ސިނަމާތަކުގައި އަޅުވައި އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ފިލްމެއް ކަމަށްވާ ހިންދީ ފިލްމު “ސައްޔާރާ” ނެޓްފްލިކްސްއަށް ދޫކޮށްލައިފިއެވެ.
ސިނަމާތަކުގައި އެޅުވިތާ ގާތްގަނޑަކަށް ދެ މަސް ދުވަސް ފަހުން އޯޓީޓީ ޕްލެޓްފޯމްގައި “ސައްޔާރާ” ރިލީޒް ކޮށްފައި މިވަނީ ގިނަ ބަޔަކު އެކަމަށް އެދެމުން ދިޔަ ދަނޑިވަޅެއްގައެވެ.
ޔަޝް ރާޖް ފިލްމްސްއިން ގެންސްދިން މޯހިތު ސޫރީ ޑައިރެކްޓުކުރާ “ސައްޔާރާ” އަކީ ނެޓްފްލިކްސްގައި ޕްރީމިއާކުރާ ޔަޝް ރާޖް ފިލްމްސްގެ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ބޮޑު ސްކްރީން ފިލްމެވެ.
ފިލްމުގައި ބަތަލުންގެ ރޯލުން ފެނިގެންދަނީ އަނީތު ޕައްޑާ އާއި އަހާން ޕާންޑޭއެވެ.
ސިނަމާގައި އަޅުވާފައި އޮތް ދުވަސްވަރު ވެސް ސައްޔާރާ ވަނީ ބޮކްސް އޮފީހުގެ ގިނަ ރެކޯޑުތަކެއް މުގުރާލައި އާދަޔާ ހިލާފު ކާމިޔާބީއެއް ހޯދާފައެވެ.
“ސައްޔާރާ”އަށް މިހާތަނަށް ޖުމްލަ 577.63 ކްރޯޑް ރުޕީސް (65.4 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބިފައިވާއިރު މިއީ މިހާތަނަށް އިންޑިއާގެ ސިނަމާގައި ރިލީޒްކުރި ލޯބީގެ ފިލްމަކަށް ލިބުނު އެންމެ ބޮޑު އާމްދަނީއެވެ.

