އިންޖިނިއަރުންގެ ދުވަހާއި ގުޅިގެން ބޭއްވި ކުޑަކުދިންގެ ހަވީރުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ސްޓެލްކޯއިން ބުނީ މިއަދު ކުރިއަށްދާ ކުޑަކުދިންގެ ހަވީރުގައި ސްޓެލްކޯގެ އެކި ހަރަކާތްތައް ފެނިގެންދާނެ ކަމަށެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަހަރުގެ އިންޖިނިއަރުންގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދާ މި ހަވީރުގައި ސަރުކާރުގެ އެކި އެކި ކުންފުނިތަކުން ބައިވެރިވެފައި ވެއެވެ.
މި ކުޑަ ކުދިންގެ ހަވީރު ބާއްވާފައިވަނީ މިއަދުގެ ހަވީރު 4:00ން 6:00 އަށް އުސްފަސްގަނޑުގައެވެ.
ސްޓެލްކޯއިން ވަނީ ނިމިދިޔަ މިނިވަން ދުވަހުގެ މުނާސަބަތުގައިވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ ފުޅަނދެއް ދައްކާލާފައެވެ.

