ގުދުރަތުގެ އަޖައިބުކުރުވަނިވި މަންޒަރުތަކުން ކުޑަކުޑަ މިންވަރެއް ފެނުނަސް ހައިރާންވެ އަދި އެހާމެ އުފާވެސް ވާނެކަން ޔަގީނެވެ. މިފަދަ ޤުދުރަތުގެ އަޖަބިގެ ތެރޭގައި ހިމެނޭ “ކުއީން އޮފް ދަ ނައިޓް” ނުވަތަ “ރޭގަނޑުގެ ރާނީ” އަކީ އަހަރަކު އެއްފަހަރު، އެންމެ ރެއަކަށް ފޮޅޭ ވަރަށް ޚާއްސަ މަލެކެވެ. ސައިންޓިފިކް ނަމުން “އެޕިފިލަމް އޮކްސިޕެޓަލަމް” ގެ ނަމުން މި މާ ފާހަގަކުރެވެއެވެ.
މި މަލުގެ އެންމެ ޚާއްސަ ސިފައަކީ އޭގެ ފޮޅުމުގެ ވަގުތެވެ. އިރުއޮއްސުމަށްފަހު ފޮޅެން ފަށާ މި މާ، އިރުއަރާއިރު މޯޅިވެ ގޮސްފައި ވާނެއެވެ. މި މަލުން ދުވާ މީރުވަސް، ގާޑީނިއާ އަދި މެގްނޯލިއާގެ ވަހާ އެއްފަދައެވެ. މި ވަސް ދުވަނީ ރޭގަނޑު ވަގުތު ޕޮލިނޭޓަރުން އެ މަލަށް ޖަޒުބުކުރުމަށްޓަކައެވެ.
ޚާއްސަ ސިފަތައް
މި މަލަކީ ކެކްޓަސް ބާވަތެއްގެ ގަހެއްގައި ފޮޅޭ މަލެކެވެ. އެހެން ގަސްގަހުގައި ފުރާނަ ލިބިގެން ދިރިއުޅޭ “އެޕިފިޓިކް” ބާވަތުގެ ކެކްޓަހެކެވެ. މިއީ ހުދު ކުލައިގެ، ބޮޑު، ރަތްކަށި ފަދަ ބޮޑު މަލެކެވެ. މި މާ އެންމެ ފުރަތަމަ ފެނުނީ މެކްސިކޯ އަދި މެދު އެމެރިކާގެ ޓްރޮޕިކަލް ހިސާބުތަކުންނެވެ.
މި މަލުގެ ފޮޅުން އެހާ ޚާއްސަވުމުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި “ބްލޫމް ޕާޓީ” ނުވަތަ މިމާ ފޮޅޭ ތަން ބެލުމަށް ހާއްސަ އެހާމެ އަގުބޮޑު ޕާޓީތައް ބޭއްވެއެވެ. މިމާ ފޮޅޭނީ ހޫނު މޫސުމްތަކުގައެވެ. އަދި އާންމުކޮށް އަހަރު ޖޫން ނުވަތަ ޖުލައި މަހުގެގެ ރެއެއްގައި ފޮޅޭމިމަލަށްޓަކައި ދުނިޔޭގެ އެހިސާބުތަކުން މީހުން ބައިވެއިވާ ޕާޓީއެކެވެ. ޕާޓީތަކުގައި މާމެލާމެއްޔާއި ގަސްގަހާގެއްސަށް ޝައުގުވެރިވާ ފަރާތްތަކުން އެއްވެ، މި މާ ފޮޅޭތަން ބަލައި މޮނިޓަރ ކުރެއެވެ.
“ކުއީން އޮފް ދަ ނައިޓް” ނުވަތަ “ޓަން ހުއާ” (ސައިންޓިފިކް ނަން: އެޕިފިލަމް އޮކްސިޕެޓަލަމް) ގެ ނަމުން މަޝްހޫރު މި މާ، ހޮލިވުޑްގެ ބްލޮކްބަސްޓަރ ފިލްމު “ކްރޭޒީ ރިޗް އޭޝިއަންސް” ގައި ފާހަގަކޮށްލެވޭ ގޮތެއްގައި ދައްކާފައިވެއެވެ. މި ފިލްމުގައި، އާއިލާއަކުން ބާއްވާ ޚާއްޞަ ޕާޓީއެއްގައި މި ނާދިރު މަންޒަރު، އެންމެ ރެއަކަށް މި މާ ފޮޅޭ މަންޒަރު ދައްކުވައިދެއެވެ. މިއީ އެ ފިލްމުގައި ކުޑަ ވަގުތުކޮޅަކަށް ފެންނަ ރީތިކަމާއި ނާޒުކުކަން ދައްކުވައިދިނުމަށް ބޭނުންކޮށްފައިވާ ވަރަށް މުހިންމު ސީނެކެވެ.
މެކްސިކޯ އަދި ޗައިނާގެ އަސްލު ބާވަތެއް ކަމަށްވާ މި އެންމެ ރެއަކަށް ފޮޅޭމާ، ގިނަ ޘަޤާފަތްތްތަކުގައި ވަރަށް ނާދިރު އަދި ހެޔޮ ފާލެއްގެ ގޮތުގައި ބެލެވެއެވެ. މީގެ ޚާއްޞަކަމާއި މަދުން ފެންނަ ޠަބީޢަތުގެ ސަބަބުން، މި މަލަކީ ގިނަ މީހުންގެ ސަމާލުކަން ލިބިފައިވާ އަދި އަގުހުރި މަލަކަށް ވަނީ ވެފައެވެ.
މި މަލުގެ ޕޮލިނޭޝަން؛ ދޫނިތަކާއި ރޭގަނޑު ދަތުކުރާ އެކިކަހަލަ އުދުހޭ ކޮކާ، ބަޅިދުތައް މެދުވެރިކޮށް އަނެއް މަލަށް ބޭނުންވާ ޕޮލެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެއެވެ. މި މަލުގެ ހުދުކުލައާއި، ވަރުގަދަ ފޮނިކަންގަދަ މީރުވަހަކީ މިފަދަ ތަކެތި ޝިކާރައަށް ގެނައުމަށް ދޫކުރާ ވަހެކެވެ.

