މަތީ ސާނަވީއަށް ސަރުކާރުން ފަހިކޮށްދެމުންދާ ތަނަވަސް ފުރުޞަތާއެކު، މިއަހަރު އޭ-ލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ތަޢުލީމީ ވަޒީރު އިސްމާޢީލް ޝަފީޢު ވިދާޅުވީ މަތީސާނަވީގެ މުހިންމުކަން ދަރިވަރުންނާއި ބެލެނިވެރިންނަށް ބުނެދީ، އެކަމަށް ސަރުކާރުން ގިނަ ފުރުޞަތަކެއް މި އަހަރު ފަހިކޮށްދީފަވާކަމަށާއި، މި އަހަރުގެ ދިރާސީ އަހަރު މަތީ ސާނަވީއަށް ވަން ދަރިވަރުންގެ އަދަދާއެކު ފެންނަނީ، ސަރުކާރުގެ ސިޔާސަތު ހާސިލްވަމުންދާތައްކަމަށެވެ.
2023ވަނަ އަހަރު 6700 ދަރިވަރިން އޯލެވެލް ނިންމިއިރު، އޭ ލެވެލްއަށް ކިޔަވަން ވަދެފަވަނީ 2100 ދަރިވަރުންކަމަށެވެ. ނަމަވެސް މިފަހަރު 6500 ދަރިވަރުން އޯލެވެލް ނިންމިއިރު، 3200 ދަރިވަރުން އޭލެވެލްއަށް ކިޔަވަން ފަށާފަވާކަމަށެވެ. މިއީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ 2023ވަނަ އަހަރު، އޯލެވެލް ނިންމާ %32 ވަރަކަށް ކުރިން އޭލެވެލްއަށް ކިޔަވަން ފެށި ކަމަށެވެ. ނަމަވެސް ކުދިންގެ ހޭލުންތެރިކަމާ ޝަޢުގުވެރިކަން މިކަމަށް އިތުރުވެ، އޯލެވެލް ނިންމި ކުދިންގެ %49 ވަނީ މިއަހަރު އޭލެވެލްއަށް ކިޔަވަން ފަށާފައި ކަމަށެވެ. ވަޒީރު ވިދާޅުވީ މިއީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މިފަހަރު އިތުރު 13 ސްކޫލްގައި އޭލެވެލްއަށް ކިޔަވަން ފަށާފައިވާ ކަަމަަށާއި މިހާރު ރާއްޖޭގަ އޭލެވަލްއަށް ކިޔަވަދޭ 66،000 ސްކޫލް އެބަހުރި ކަމަށެވެ. އަދި ކުރިން ދެކެނީ އޭލެވެލްއަކީ އެހާ މުހިންމުކަމެއް ނޫންކަމަށާއި ނަމަަވެސް މިހާރު ވިސްނުން ބަދަލުވެއްޖެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

