އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މަގު ތަރައްޤީކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އެ އެއަރޕޯޓަކީ ދެކުނުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢެކެވެ. އައްޑޫގައި ފަތުރުވެރިކަން ދިރުވުމަށް ވޭތުވެދިޔަ އެކި ސަރުކާރުތަކުން މަސައްކަތްކޮށްފައިވީނަމަވެސް އެކަން އެކަށީގެންވާގޮތުގައި ކުރިއަށްނުދާ މައިގަނޑު ސަބަބަކީ އައްޑޫގެ އެއަރޕޯޓު ރަނގަޅު ފެންވަރަކަށް ތަރައްޤީވެފައި ނެތުންކަން އެކި ފަރާތްތަކުން ފާހަގަކުރައްވައެވެ.
ގަމު އެއަރޕޯޓުގެ މަޝްރޫޢުގެ ދަށުންވަނީ 4.3 ކިލޯމީޓަރުގެ މަގުވަނީ ތަރައްޤީކޮށްފައެވެ.
މިއީ 3000 މީޓަރުގެ ދިގު ރަންވޭއަކާއެކު ރާއްޖޭގައި ކޯޑް އީ ކެޓަގަރީގެ އެއަރކްރާފްޓް، ބޮއިން 777ގެ ބޮޑެތި ފްލައިޓް ޖެއްސޭ ފެންވަރަށް ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.
އެއަރޕޯޓުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ މަގުތަކުގައި ކުރަހަންޖެހޭ ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތްތަކެވެ.
މީގެއިތުރުން މިވަގުތު އެއަރޕޯޓުގައި ކުރިއަށްދާ އެންމެ މައިގަނޑު މަސައްކަތަކީ، އެއަރޕޯޓުގެ ޓަރމިނަލްގެ ދެފަރާތަށް އިތުރުކުރާ އެކްސްޓެންޝަން ޓަރމިނަލް ޢިމާރާތުގެ މަސައްކަތްތަކެވެ.

