ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ކުރިން އޮތް ޕާކިން އަލުން އާއްމުކޮށް ހުޅުވާލައިފިއެވެ.
ހުޅެލޭގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އާންމުންގެ އުޅަނދުތައް ޕާކު ކުރުމަމުން އައި އެ ސަރަހައްދު ބަންދުކުރީ އެއާޕޯޓްގެ އާ ތާމިނަލް ހުޅުވުމާއި ދިމާކޮށެވެ. ހުޅުލޭގެ އިރުމަތީ ފަރާތުގައި އޮންނަ ޕާކިން ޒޯނު ބަންދުކުރީ 17 ޖުލައި އިން ފެށިގެންނެވެ.
އެމްއެސީއެލުން ބުނީ، ވީއައިއޭގެ އާ ޓާމިނަލްގެ ހުޅަނގު ފަރާތުގައިވާ ސަރަހައްދު ޕާކިން ޒޯނެއްގެ ގޮތުގައި ބޭނުންކުރުމަކީ އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށީގެންވާ ގޮތެއް ނޫން ކަމަށް ފެންނާތީ، އެ ސަރަހައްދަށް ބަދަލުތައް ގެނައުމަށް އެއާޕޯޓުގެ މާސްޓާޕްލޭންގައި ހިމަނާފައި ވާނެ ކަމަށެވެ.
ސާކިއުލާގައި އިތުރަށް ބުނެފައިވަނީ ޕާކިން ނެތުމުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އާ ޓާމިނަލްގެ ކުރިމަތީގައި ވަކި ސަރަހައްދެއް ޕާކްކުރުމަށް ހަމަޖައްސާނެ ކަމަށެވެ.

