މި ސެޕްޓެމްބަރު މަހުގެ 13 ދުވަސްތެޜޭ ރާއްޖެއަށް ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ ފުރަތަމަ 13 ދުވަހުގެ ތެރޭގައި ރާއްޖެއަށް 62،027 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18.7 އިންސައްތައިގެ ކުރިއެރުމެކެވެ.
މިހާރު ލިބިފައިވާ ތަފާސްހިސާބުތަކާ އެކު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ 1.5 މިލިއަނަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1.4 މިލިއަން ފަތުރުވެރިންނާ އަޅާބަލާއިރު 9.7 އިންސައްތައިގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. މިގޮތުން ޗައިނާއިން 245،553 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރަޝިއާއިން 186،263 ފަތުރުވެރިން، އިނގިރޭސިވިލާތުން 138،869 ފަތުރުވެރިން، އިޓަލީވިލާތުން 108،837 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 106،919 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ސަރުކާރުން މިއަހަރަށް އަމާޒުކޮށްފައިވަނީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. މި އަމާޒު ހާސިލްކުރުމަށް އިތުރަށް ބޭނުންވަނީ 7 ލައްކަ ފަތުރުވެރިންނެވެ.

