އެސްޖޭ މޯލްގެ އަންހެން މުވައްޒަފަކާ އާންމުކޮށް ފޮށި، އެއަންހެންމީހާގެ ގަޔަށްއަތްލައި އުޅޭ ފިރިހެނަކު، މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެސްޖޭ މޯލްގެ ކުރިމަތީގައެވެ.
މި މައްސަލައާ ގުޅޭ ގޮތުން ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ ފިރިހެންމީހާ ވަނީ އަންހެން މުވައްޒަފަކާ ފޮށުމަށް މަސައްކަތް ކޮށްފައެވެ. އަދި ފުލުހުން ހައްޔަރު ކުރަން އުޅުމުން، އެމީހާވަނީ މަގުމަތީގައި ހަޑިހުތުރު ބަހުން ޒުވާބުކޮށްފައެވެ.
ފުލުހުން އޭނާ ހައްޔަރަށް ގެންދިއުމުން، އޭނާ ވަނީ ފުލުހުންނާ ދިމާލަށް ވެސް ހަޑިހުތުރު އެއްޗެހި ގޮވާފައެވެ.

