މާލެ މަޖީދީ މަގުގައި އިއްޔެ ރޭ ފަތިހު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނަކަށް، ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެހަމަލަގައި ޒަހަމްވީ 28 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އެ މީހާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާދެމުންދާ ކަމަށެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މާރާމާރީ ހިނގި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރެވިފައިވަނީ އިއްޔެރޭ ފަތިހު 5:15 ގައެވެ. އެހެންނަމަވެސް، މި ހަމަލާގައި ޒަހަމްވި ފަރާތުގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

