ފ. ނިލަންދޫން ގެއްލިގެން ހޯދި 14 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ.
އެ އަންހެން ކުއްޖާ ފެނުނީ ފުލުހުންނަށް ރިޕޯޓުކުރިތާ ހަތަރު ގަޑިއިރު ފަހުން މެންދަމުގެ ވަގުތެއްގައިކަން ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.
ނިލަންދޫން ކުޑަކުއްޖަކު ގެއްލިގެން އުޅޭ މައްސަލައެއް ފުލުހަށް ރިޕޯޓުކުރީ ރޭ 10:15 ހާއިރެވެ.
ފުލުހުން މިއަދު މީޑިއާތަކަށް އާންމުކުރި މެސެޖެއްގައި ބުނީ އެ ކުއްޖޭ ރޭ ދަންވަރު ފެނިފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށެވެ. އެ ކުއްޖާ ފެނިފައި ވަނީ ރޭ ދަންވަރު 2:40 ހާއިރު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އެ ކުއްޖާ ފެނުނީ ކޮން ތަނަކުން ކަމެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

