މާލޭ ގެއެއްގައި މަރުވެފައި އޮއްވާ މިއަދު މީހަކު ފެނުނު މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ މާލޭގެ މާފަންނުގައި ހުންނަ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 7:22 ހާއިރު ކަމަށެވެ.
މީޑިއާއަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މާފަންނު ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލާގައި ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ ކަމެއް މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާއާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

