ހުޅުމާލޭގެ ފޭސް އެކެއްގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ އަންހެނުންތަކަކާ ފޮށުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި މީހާ ދޫކޮށްލައިފިއެވެ.
ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ފިހާރައެއްގައި މަސައްކަތް ކުރާ އަންހެނުންތަކަކާ ފޮށުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 55 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެމީހާ ހައްޔަރުކުރީ އިއްޔެ އިރުއޮއްސި ހައެއް ޖަހާކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

