ކަޒަކްސްްތާނާއި މޮރިޝަސްއަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވި ސިޓީ ރިޔާސަތުން ވަނީ އިއްވާފައިވާއިރު، އެ ސިޓީގައި ވަނީ ދެ ގައުމަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ރުހުން ދެއްވުމަށެވެ.
ނޮން-ރެސިޑެންޓް ސަފީރުން އައްޔަނުކުރާ ދެ ގައުމުގެ ކަޒަކްސްްތާނަން އިންޑިއާއަށް ކަނޑައަޅާފައިވާ ސަފީރު އައިޝަތު އަޒީމާގެ ނަމާއި މޮރިޝަސްއަށް ލައްކާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު މަސްއޫދް އިމާދުގެ ނަން ރައީސް މަޖިލީހަށް ފޮނުއްވި ސިޓީގައިވެއެވެ.
ރައީސް، މަޖިލީހަށް ފޮނުއްވި ސިޓީގައި މި ދެ ބޭފުޅުންނަށް ރުހުން ދިނުމާ މެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ.

