ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަކަނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާއިރު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރައީސް ފޮނުއްވި ސިޓީފުޅު އިއްވެވުމަށް ފަހު، ޑރ. ރަމީލާއަށް ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމަން ދިރާސާކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުވައިފައެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލާން އާއްމުކޮށް ހުޅުވާލުމުން ކުރިމަތި ލެއްވި ބޭފުޅުުންގެ ތެެރެއިން، މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ފޮނުއްވީ ރަމީލާގެ ނަން އެކަންޏެވެ.
އެ ކޮމިޝަނަށް އައު މެންބަރަކު އައްޔަނު ކުރަނީ އެ ކޮމިޝަނުގެ މެންބަރު މަރްޔަމް މުނާގެ މެންބަރުކަމުގެ ދައުރު އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ހަމަވާތީއެވެ.

