އުރީދޫ މޯލްޑިވްސްގެ ފަންރަން އަންނަ ޑިސެންބަރު މަހު 19 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ ކަމަށް އުރީދޫއިން ބުނެފިއެވެ. އަދި މިމަހު 19ގައި ރެޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށް އެ ކުންފުނިން ވަނީ އިއުލާންކޮށްފައެވެ.
ހުޅުމާލޭގައި ބާއްވާ އުރީދޫ ފަންރަންގެ ރެޖިސްޓްރޭޝަންއަށް މި މަހުގެ 19ގައި ހުޅުވައިލާއިރު، މި ހަރަކާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުދިބޮޑު އެންމެންނަށް އުރީދޫން ދައުވަތު ދެއެވެ.
ފަން ރަންގެ ކިޓްތަކާއި، ރޫޓްތަކާއި، އިވެންޓާ ގުޅޭ އިތުރު މައުލޫމާތު ކުންފުނީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާ ކުރާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި މަޝްހޫރުވެފައިވާ މި ދުވުމަކީ ހުރިހާ އުމުރުފުރައިގެ މީހުންނަށް ބައިވެރިވެވޭ އަދި އެއްބައިވަންތަކަމާއި އުފަލާއި މަޖަލުގެ ތެރެއިން ދުޅަހެޔޮ ސިއްހަތަކަށް އެއްބާރުލުންދޭ ހަރަކާތެކެވެ.

