ކ. ތިލަފުށީ ބަނދަރު މަރާމާތުކުރުމުގެ 92 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. ކާބް ސްޓޯން ކޮންކްރީޓްގެ މަސައްކަތް ނިމި، އެ މަސައްކަތުގެ ޖުމްލަ 92 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ތިލަފުށީގެ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުންދާއިރު، މާލޭ ވިޔަފާރި ބަނދަރުގެ ބަދަލުގައި ތިލަފުށީގައި ޓްރާންޝިޕްމަންޓް ބަނދަރެއް އެޅުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުވުމުން ނޯތު ހާބަރާއި ޓީޖެޓީ ވެސް އެ ސަރަހައްދަށް ބަދަލުކުރުމަށް ނިންމާފައިވާކަން ވެސް އެމްޕީއެލްއިން ވަނީ ހާމަކޮށްފައެވެ.
ތިލަފުށީގައި ބަނދަރު ތަރައްގީކުރުމަށް 20 ހެކްޓަރުގެ ބިމެއް ހަމަޖައްސައި ކޮންސެޕްޓް ޑިޒައިން ސަރުކާރުން ވަނީ އެކުލަވާލައިފައެވެ.

