“އަހަންނަކީ ނޫސްވެރިއެއް” ޕްރޮގުރާމް އައްޑޫ ސިޓީގައި ފަށައިފިއެވެ. ހިތަދޫގައި ފެށި މި ޕްރޮގުރާމަކީ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިސްނަގައިގެން ރައްޔިތުން ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްއެކެވެ.
“އަހަންނަކީ ނޫސްވެރިއެއް” ޕްރޮގުރާމަކީ ނޫސްވެރިންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުންނަށް ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސްތަކަށް ރިޢާޔަތްކޮށްގެން މީޑިއާއާ ބެހޭ ތަމްރީން ދިނުމަށްޓަކައި ހިންގާ ޕްރޮގުރާމެއް ކަމަށެވެ.
މި ޕްރޮގުރާމްގެ މަޤުޞަދަކީ ފެތުރެމުންދާ ދޮގު ޚަބަރާއި މަޢުލޫމާތުތަކަށް ހޭލުންތެރިކުރުވުމާއި މީޑިއާއަށް ވިލުންތެރި މަސައްކަތްތެރިން އުފެއްދުމެވެ.
މި ޕްރޮގުރާމް ކުރިއަށްދާނީ 3 ދުވަހުގެ މުއްދަތަކަށެވެ. މި ޕްރޮގުރާމްގައި އައްޑޫސިޓީގެ އެކި ރައްތަކުން ޖުމުލަ 37 މީހުން ބައިވެރިވެއެވެ.
މި ޕްރޮގްރާމުގެ ބައިވެރިންގެ ތެރޭގައި ކައުންސިލް އިދާރާއާއި ސަރުކާރު އެކި އިދާރާތަކުގެ މުވައްޒަފުންނާއި މި ސަރަހައްދުގައި ހިންގާ އޮންލައިން ނޫސްތަކުން ބައިވެރިވެއެވެ. މިއީ އަތޮޅުތަކުގައި މިގޮތަށް ކުރިއަށްގެންދާ 4 ވަނަ ޕްރޮގުރާމެވެ.

